Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

ހުޅުމީދޫން ދޫކުރާ ގޯތީގެ ގުރުލުން 27 ގައި ބާއްވަނީ

މީދޫ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: މުއްކީ

ހުޅުމީދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމް އިވަލުއޭޓްކޮށް މި މަހުގެ 27 ވަނަ ދުވަހު ގުރުއަތުލުން ބާއްވާނެ ކަމަށް އައްޑޫ ކައުންސިލުން ބުނެފިއެ ވެ.

ކައުންސިލުން ނެރުނު އިއްލާނެއްގައި ބުނެފައިވަނީ 2012 އޮގަސްޓް 1 ވަނަ ދުވަހު ނެރުނު އިއްލާނާއި ގުޅިގެން ކައުންސިލަށް ހުށަހެޅި ފޯމްތައް ޗެކްކޮށް ޕޮއިންޓް ދިނުމަށް ކައުންސިލުން އެކުލަވާލި ކޮމެޓީން އެފޯމްތައް ދިރާސާކޮށް ޕޮއިންޓް ދިފައިވާ ގޮތުގެ ތާވަލް އާއްމުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލުން އާއްމުކުރި ލިސްޓްގައި 359 ފަރާތެއްވަނީ ހިމަނާފައެވެ. ކައުންސިލްގެ އިއްލާނުގައިވާ ގޮތުން ޕޮއިންޓް ދީފައިވާ އުސޫލާއި މެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއްވާނަމަ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ މައްސަލަ ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލުން އާއްމުކޮށްފައިވާ ލިސްޓުގައި ޕޮއިންޓް ދިނުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށެވެ. އެގޮތުން ރާއްޖޭން ބޭރުގައި ދިރިއުޅޭތާ އެތައް އަހަރެއްވެފައިވާ މީހުންނަށް ވަރަށް މަތިން މާކްސް ދީފައި ހުރިކަމަށެވެ.
އަދި މާކްސް ދިމުނަށް ކައުންސިލުން ހަދާފައިވާ އޮނިގަނޑުން ޖުމްލަ މާކްސް ލިބިއްޖެނަ މަ އެމީހަކަށް 141 ޕޮއިންޓްލިބޭކަމަށެވެ. ނަަމަވެސް ކައުންސިލުން އާއްމުކޮށްފައިވާ ލިސްޓްގައި އެންމެ މަތިން ދީފައިވަނީ 84 ޕޮއިންޓެވެ.

ގޯތި ދޫކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުއެެވެ. އަދި ގުރުއަތުލުން ބާއްވާނެ ގަޑިއަކާއި ތަނެއް ފަހުން އަންގާނެ ކަމަށް ކައުންސިލްގެ އިއުލާނުގައި ވެ އެވެ.

ހުޅުމީދޫން ގޯއްޗަށް އެދި ފޭދޫ އަދި ހިތަދޫން މީހުން ވަނީ އެދިފަ އެވެ.