Last Updated: June 12, 11:16
Friday, June 12, 2026
ދުނިޔެ

ބިލިއަން ޑޮލަރުގެ ހަތިޔާރު އެމެރިކާއިން ސައުދީއަށް ވިއްކަނީ

ސައުދީ އަރަބިއްޔާއަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން އެއްބަސްވެ، ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި ސައުދީން ގަންނަން އެއްބަސްވެފައިވަނީ 6،000 އަށް ވުރެ ގިނަ މިސައިލެވެ. މިދިޔަ އަހަރު ތެރޭ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ ސައުދީއަށް ވަޑައިގެން، މިކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

އަދި ސައުދީގެ ވަލީއުލްއަހުދު، މުހައްމަދު ބިން ސަލްމާން ވަނީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީއާ ވެސް ބައްދަލުކުރައްވާފައެވެ. ސައުދީއާއި އެމެރިކާގެ ގުޅުން ވަނީ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސް ކަމާ ހަވާލުވި ފަހުން ވަރުގަދަ ވެފައެވެ.