Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

ކެންގަރޫ ސްކޫލް ފަޅާލައި 4 ލެޕްޓޮޕް ވަގަށް ނަގައިފި

ހިތަދޫގައި ހިންގާ ކެންގަރޫ ކިޑްސް ހުސެއިނިއްޔާ ޕްރީ ސްކޫލް ފަޅާލައި އެތަނުން 4 ލެޕްޓޮފް ވަގަށް ނަގައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގުން އެ ސްކޫލަށް ވަދެފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.

ކެންގަރޫ ކިޑްސް އިން ވާހަކަ ދެއްކި މުވައްޒަފަކު ބުނި ގޮތުގައި މިހާތަނަށް ބެލިބެލުމުން 4 ލެޕްޓޮޕް ވަގަށް ނަގާފައިވާކަން އެނގޭ ކަމަށާއި އިތުރު އެއްޗެއް ގެއްލިފައިވޭތޯ ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.

ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ސްކޫލުން ވައްކަން ކުރި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ.

ނަމަވެސް މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.