Last Updated: July 21, 18:02
Tuesday, July 21, 2026
މުނިފޫހިފިލުވުން

ޑައިރެކްޓަރު ކަބީރް ރާއްޖޭގައި

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ކަބީރް ހާން ހުއްޓީ އަށް އާއިލާއާ އެކު ރާއްޖެ އަތުވެއްޖެ އެވެ.

ކަބީރާއިި އަންހެނުން މިނީ މާތޫރާއި ދެ ކުދިން އިއްޔެ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނަނީ ހައިޑްއަވޭ މޯލްޑިވްސް ރިސޯޓްގަ އެވެ.

އެ މީހުން ވަނީ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައި އިސްޓަގްރާމްގައި ހިއްސާ ވެސްކޮށްފަ އެވެ.

A day out in the sun at our hideaway! #minime #hbrmaldives

A post shared by Mini Mathur (@minimathur) on

ކަބީރްއަކީ ސަލްމާން ހާންގެ "ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ގެ ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން ވެސް ގެނެސް ދިނީ ސަލްމާން ލީޑް ރޯލް ކުޅުނު ފިލްމެކެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި "ޓިއުބްލައިޓް" އެވެ.

ކަބީރު ދެން ހަދާ ފިލްމަކީ "83" އެވެ. މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ރަންވީރް ސިންގް އެވެ.