Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިންތިގެ ޕާސްޕޯޓް ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އިންތި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށާއި، ހިފަހެއްޓި ސަބަބަކީ އިންޓެލިޖެންސް ރިޕޯޓަކުން ލިބުނު އިންޓެލިޖެންސެއްގެ ސަބަބުން ކަމަށް އަންގާފައިވާ ކަމަށެވެ.

އިންތިގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް 16 މާޗު 2018 ވީ ހުކުރު ދުވަހު ހުރިހާ ރަށަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައެވެ.

މިކަމާ ގުޅިގެން އިންތި ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާންވެސް ނަގާފައެވެ. ކޯޓު އަމުރުގައި ވަނީ އޭގެ ސަބަބުން ރާއްޖެ ދޫކޮށް ދާން އުޅޭ ކަމަށް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.