ބަޔަކު ދައްކާ ބިރަކަށް ނުވަތަ ލިބޭ އިންޒާރަކަށް ފަހަތަށް ޖެހުމެއް ނެތް ކަމަށާއި ނިކުމެ ހުރީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ކަމަށް ވިލނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވެފައިވަނީ ޕީޕީއެމުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާއެއްގައި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހިމް ރަޝީދު އޭނާ "ކުދި ކުދި" ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެންނެވެ.
ހައުސިން މިނިސްޓަރު މުއިއްޒުވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި އިބްރާހިމް ރަޝީދު ވަނީ ކިރިޔާ ނުސިޔާރު ގޮތަކަށް ބަލާލިޔަސް ސައުދު "ކުދިކުދި" ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
Villingili Dhaairaage Rayyithun inthihaabu kohffaivaa MP @SaudVillingili ah sarukaaruge is veringe kurimatheegai maruge inzaaru dhenee. Mee hama seedhaa Terrorism ge amaleh. MP Ilham dhehkkevi vaahaka thahugeegu kuranyaa mikan ves @PoliceMv in thahugeegu kuran jehey! #Boduvaru pic.twitter.com/sv9gQBOohg
— Eydee (@EydeeSR) March 24, 2018
އޭނާގެ އިންޒާރަށް ރައްދު ދެއްވަމުން ސައުދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ކުރަމުންދާ ގައުމީ އިސްލާހީ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި އެކަމަށް އެއްވެސް ޖެހިލުމެއް، ބިރެއް ނެތް ކަމަށެވެ.
Bayaku dhakkā birakah, dhey inzārakah alhugandu kuramundhā gaumē islaahē masakkai nuhuttuveyne! adhi ekama evves jehilumeh nei! biruvethivany “Allah” ah! mihiry sābithukamaieku gaumai rayyithunge hagguga. Irādha kureviya, varah avah beyinsāf ge machah insāfge nasru libeyne.|
— Saud Hussain MP (@SaudVillingili) March 24, 2018
ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބު ވުމަށްފަހު ސައުދު ޕީޕީއެމުން ވަކިވެފައިވަނީ ރައީސް މައުމޫން، ރައީސް ޔާމީންގެ ފަޅި ދޫކުރައްވައި ވަޑައިގެންނެވުމުން މައުމޫނާ އެކު ސަރުކާރު ކޯލިޝަން ދޫކުރެއްވި ދަނޑިވަޅުގައެވެ.
ނަމަވެސް ޕީޕީއެމުން ވަނީ ސައުދުގެ އިސްތިއުފާގެ ސިޓީ ގަބޫލުނުކޮށް، ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑިއާ މެދު ހުކުމް ކުރުމުން ޕާޓީން ވަކިކޮށްފައެވެ. އޭގެ ސަބަބުން އެންމެ ފަހުން މަޖިލީހުން ފާސްކުރި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލުގެ ދަށުން ސައުދުވެސް ވަނީ މަޖިލީހުގެ މެމްބަރު ކަމުން ވަކިވެފައެވެ.