Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

ކްލިކް ކޮލެޖުން ދަރިވަރުންނަށް ހިލޭ ސެޝަންތަކެއް

ފޮޓޯ: ކްކިލް ކޮލެޖް

އޯލެވެލް ކިޔަވާ ކުދިންގެ ފެންވަރު ރަގަނޅުކޮށް އޯލެވެލް އިމްތިހާނުގައި ކުދިން ރަގަނޅު ނަތީޖާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ކްލިކް ކޮލެޖުން ހިލޭ ސާބަހަށް ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ކްލިކް ކޮލެޖްގެ "އޯލެވެލް ގައިޑެންސް" ސެޝަންތައް 29 މާޗު ވާ ބުރާސްފަތި ދުވަހު ފެށޭއިރު، މި ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ގްރޭޑް 8، 9 އަދި 10 ގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ.

އެ ކޮލެޖުން ބުނީ މި ކްލާސްތަކުގެ ބޭނުމަކީ، އޯ ލެވެލްގެ ނަތީޖާ ރަނގަޅުކުރަން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ސާނަވީ ތައުލީމް ނިންމައި މަތީ ތައުލީމްގެ އެކި ފުރުސަތުތަކަށް ފަސޭހަކަމާ އެކު ދެވޭނެ މަގު ފަހި ކޮށްދިނުމަކީ ވެސް، އެ ޙަރަކާތުގެ ބޭނުމެއް ކަން އެ ކޮލެޖުން ބުންޏެވެ.

ކްލިކް ކޮލެޖުގެ ލެކްޗަރާއިންގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މި ސެޝަންތައް ހަވީރާއި ރޭގަނޑުގެ އެކި ދަންފަޅިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ސާނަވީ ގްރޭޑުތަކުގެ އެކި މާއްދާތަަކަށް ވަކިވަކިން ގަޑިތައް ހަމަޖެއްސުމަށް ފަހު ކްލިކް ކޮލެޖުގެ ފޭސްބުކް މެދުވެރިކޮށް ކްލާސްތަކުގައި ބައިވެރިވެވޭނެ އެވެ.

މިއީ ހިލޭ ސާބަހަށް މިހާ ފުޅާ ދާއިރާއެއްގައި ގެންދާ މި ފަދަ ފުރަތަމަ ހަރަކާތެެވެ.