މާލޭގެ ބައެއް މަގުތައް ފުޅާކުރުމަށް، މަގުތަކުގައި އިންދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ކަނޑައި ސާފުކޮށްފިއެވެ.
މިފަހަރު ގަސްތައް ކަނޑާލާފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގުންނެވެ. އެ މަގުގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ކަނޑާފައިވިި ނަމަވެސް މަގުގައި ހުރި ރުއްތައް އަދި ކަނޑާފައެއް ނުވެއެވެ.
ބޮޑުތަކުރުފާނު މަގުން ގަސްތައް ކަނޑާލާފައިވާއިރު އެ ސަރަހައްދަކީ ކޮންމެ ދުވަހަކުވެސް އާންމު ރައްޔިތުން ވަޒީފާގައި ބުރަކޮށް އުޅުމަށްފަހު ހުސް ވަގުތުކޮޅެއް ލިބުމުން އެސަރަހައްދަށް ފިނި ކޮށްލަން އަންނަ ތަނަކަށްވާތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ގަސްތައް ކެނޑީ މަގު ފުޅާކުރުމަށް ވާތީ ބައެއް މީހުން ވަނީ ހިޔަލެއް ނެތަސް އެއީ މިވަގުތަށް ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ.
ބްރިޖަށް ދާ މަގު ރަނގަޅު ފެންވަރަށް ހެދުމަށްފަހު އެ މަގުގައި 450 ގަސް އިންދުމަށް ރާވާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވެފައެވެ.