Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ރޯދަ މަހުގެ ދުވާލު ސިނގިރެޓް ބުއި މީހަކު ޖަލަށް

ރަމަޟާން މަހުގެ ދުވާލުގެ ވަގުތެއްގައި ސިނގިރެޓް ބުއި މީހަކު 1 މަހާއި 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

1437 ވަނަ އަހަރުގެ ރަމަޟާން މަހުގެ 9 ވަނަ ދުވަހު ސިނގިރެޓް ބުއިކަމަށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ޏ.ފުވައްމުލައް/ގުޑްވިލް ޙަސަން މުޙައްމަދު ދީދީއެވެ.

ކްރިމިނަލް ކޯޓުން 7 މާޗް މަހުގެ ދުވަހު ކުރި ހުކުމްގައި ބުނެފައިވާ ގޮތުގައި ޙަސަން މުޙައްމަދު ދީދީގެ މައްޗަށް ކުރި ދައުވާއަށް އޭނާ ވަނީ ޝަރީޢަތުގެ މަޖިލީހުގައި އިއުތިރާފްވެފައެވެ. އަދި މީގެ އިތުރުން އޭނާ ފަތިސް ނަމާދަށް ބަންގި ގޮވިފަހުން ސިނގިރެޓް ބުއިކަމަށް ހެކިންގެ ހެކިބަހުން ވެސް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.