ޖެންޑާ މިނިސްޓްރީއަށް މިދިޔަ ފެބްރުއަރީ މަހުގައި އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުސްވި މަހުގައި ވަނީ ކުޑަކުދިންނަށް ގޯނާކުރުމުގެ ތަފާތު 117 މައްސަލަ ހުށައަޅާފައެވެ. އަދި އޭގެ ތެރެއިން 44 މައްސަލަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކަމަށްވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި 30 މައްސަލައަކީ ޖިސްމާނީ ގޮތުން ކުޑަކުދިންނަށް ގޯނާ ކުރުމުގެ ސަބަބުން ހުށައާޅާފައިވާ މައްސަލަތަކެވެ. އަދި އިހުމާލުވުމުގެ ސަބަބުން 18 މައްސަލައަކާއި ނަފްސާނީ ގޮތުން ލިބުނު އަނިޔާތަކުގެ ސަބަބުން 9 މައްސަލަ ވަނީ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައެވެ.
އަދި ސައިބަ-ބުލީންގެ ފަސް މައްސަލަވެސް އެ މިނިސްޓްރީއަށް ހުށައެޅި ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކުރިއެވެ.