Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ރާއްޖެ ޓީވީގެ ނޫސްވެރިން ދޫކޮށްލައިފި

ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމް (ކ) އަދި ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް -- ފޮޓޯ : މުހައްމަދު ޝަރުހާން

ފުލުހުންނަށް އިންޒާރުދީ ވީޑިއޯ ހެދި މައްސަލާގައި ހައްޔަރުކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން މިއަދު ކްރިމިނަލް ކޯޓުން މިނިވަން ކޮށްފިއެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްއާއި އެ ޗެނެލްގެ ޕްރޮގްރާމް ހެޑް، އާމިރު ސަލީމް ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދެނޫސްވެރިން ހައްޔަރުކުރީ ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިބެ ފުލުހުންނަށް އިންޒާރުދީ ވީޑިއޯއެއް ހެދި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް ރާއްޖެ ޓީވީން ވަނީ އެއީ އެ ޗެނެލްގެ ނޫސްވެރިންތަކެއް ކުރި ކަމެއް ނޫން ކަމަށާއި ވިސާމާއި އާމިރު ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ.

އަދި ރާއްޖެ ޓީވީން ވަނީ އެ ޗެނެލްގެ ދެ ނޫސްވެރިން ހައްޔަރުކޮށްފައިވަނީ މުޅި ސްޓޭޝަން ބަންދުކުރުމުގެ ނިޔަތުގައި، ރާވައިގެންނެވެ.

ވިސާމް އަދި އާމިރުގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓު ހަސަން ވެސް ވަނީ މިމައްސަލާގައި ހައްޔަރުކޮށްފައެވެ. ނަމަވެސް ހަސަން އާ ދެކޮޅަށްވެސް ހެކި ނުލިބުމުން ކޯޓުން ވަނީ މިނިވަން ކޮށްފައެވެ.