Last Updated: July 16, 15:40
Thursday, July 16, 2026
ޚަބަރު

ޑްރަގް މައްސަލައެއްގައި ހިތަދޫ މީހަކު ހޯދަނީ

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ފުލުހުން ތަހުގީގު ކުރަމުން އަންނަ ޑްރަގް މައްސަލައަކާ ގުޅިގެން ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލައާ ގުޅިގެން ހޯދަނީ ހިތަދޫ، ރޭއަލިވާގެ، އިބްރާހީމް ސިރާޖް، 47، އެވެ.

ފުލުހުން ބުނީ އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅައި ޙިއްސާ ކުރަން އެދޭ ކަމަށެވެ.