އެންމެ ފަހުގެ ވޯލްޑް ކަޕް ރަނަރަޕް، އާޖެންޓީނާ ކޮޅަށް 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން، ހަ ލަނޑު ޖަހައި ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފިއެވެ.
ސްޕެއިން އަދި އާޖެންޓީނާ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީވެސް ސްޕެއިނުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ނަގާދިނީ ޑިއެގޯ ކޮސްޓާއެވެ. އާޖެންޓީނާ ކޯޗު ވަނީ މެޗުގެ އެންމެ 20 މިނެޓު ކުޅެވިފައިވަނިކޮށް ކީޕަރު ރޮމެރޯ ބަދަލުކޮށް ކަބަލޭރޯއާ ގޯލު ހަވާލުކޮށްފައެވެ.
ކަބަލޭރޯ ކުޅެން ނިކުތްތާ ފަސް މިނެޓުވެސް ނުވަނީސް ސްޕެއިނުން ލީޑު ފުޅާކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ އިސްކޯއެވެ. ނަމަވެސް 39 ވަނަ މިނެޓުގައި ނިކަލަސް އޮޓަމެންޑީ އާޖެންޓީނާ އަށް ލަނޑެއް ޖަހައިދީ، އުއްމީދު އާކޮށްދިނެވެ.
ފުރަތަމަ ހާފު 1-2 އިން ސްޕެއިން ކުރީގައި އޮވެ ނިމިގެން ގޮސްފައިވާއިރު ދެވަނަ ހާފުގައި ކޯޗު ވަނީ ކޮސްޓާގެ ބަދަލުގައި އިއާގޯ އަސްޕަސް ކުޅެން ނެރެފައެވެ. އަސްޕަސް ވަނީ އޭނާ ކުޅެން ނިކުތްތާ ފަސް މިނެޓު ވީއިރު ލަނޑު ޖަހައި ސްޕެއިންގެ ލީޑު 1-3 އަށް ފުޅާކޮށްފައެވެ.
ސްޕޭނުގެ ހަތަރުވަނަ ލަނޑު ތިއާގޯ އަލްކަންޓާރާ ކާމިޔާބުކުރުމަށް ފަހު ފަސްވަނަ ލަނޑު ޖެހީ އަނެއްކާވެސް އިއާގޯ އަސްޕަސްއެވެ. މި ލަނޑަކީ ކީޕަރު ޑެހެއާ ފޮނުވާލި ބާރު ބޯޅައެއްގެ ބޭނުން ހިފައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ސްޕޭނުގެ ފަހު ލަނޑު ޖެހީ ރޭގައި ފާހަގަކޮށްލެވޭ ވަރުގެ މޮޅު ކުޅުމެއް ދެއްކި ރިއަލް މެޑްރިޑްގެ ތަރި އިސްކޯއެވެ.