Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިބޫ ފުލުހުންގެ ބަންދުން މިނިވަންކޮށްފި

އިބޫ ފުލުހުންގެ ބަންދުން މިނިވަން ކުރުމާ ގުޅިގެން ތާއީދު ކުރާ ފަރާތްތަކުން ބައްދަލުކޮށް އުފާ ފާޅުކުރަނީ: ފޮޓޯ - އެމްޑީޕީ

ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، އިބްރާހިމް މުހައްމަދު ސޯލިހް ފުލުހުންގެ ބަންދުން މިނިވަންކޮށްފިއެވެ.

އިބޫ މިނިވަން ވެފައިވާ ކަން އެމްޑީޕީ އިން ވެސް ވަނީ ޓުވިޓާ މެދުވެރިކޮށް ކަށަވަރު ކޮށްދީފައެވެ.

އިބޫ މިނިވަން ކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެރޭ ކުރި މުޒާހަރާ ތެރެއިން ހައްޔަރުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެނައުމުން 9 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު އިތުރުކޮށްފައި ވަނިކޮށެވެ.

ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އިބޫގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އިބޫ ވަނީ މާޗު 16 ވީ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި، އިސްވެ ހުންނަވައި ޖުމުހޫރީ މައިދާނަށް ވަންނަން މަސައްކަތް ކޮށްފައެވެ.

އަދި އާންމު ރައްޔިތުންނާއި ބައިވެރިވެގެން، މަސްލަހަތު ނަގާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން ވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައެވެ.