Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިބޫގެ މައްސަލައެއް ލިބިފައެއް ނެތް: ޕީޖީ

ފުލުހުން މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކުރި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ދައުވާ ކުރުމަށް އެދި އަދި އެއްވެސް މައްސަލައެއް ހުށައަޅާފައި ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިބޫގެ މައްސަލައެއް އަދި އެ އޮފީހަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ އިބޫއާ ދެކޮޅަށް ދައުވާ ކޮށްދޭން އެދިފައެވެ.

ފުލުހުން އިބޫ އަށް ކުރަނީ އާންމުންނާ ބައިވެގެން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމުގެ ތުހުމަތެވެ. ފުލުހުން ބުނެފައިވަނީ މާޗު 16 ވީ ހުކުރު ދުވަހުގެ ރޭ އިބޫ އިސްވެ ހުންނަވައި އާންމުންނަށް ވެރިކަން ވެއްޓިއްޖެ ކަން ދައްކައި، ގްރީން ޒޯނަށް ވަންނަން މަސައްކަތް ކުރި ކަމަށެވެ.

އަދި އިބޫ ހައްޔަރުވެސް ކޮށްފައިވަނީ އެކަމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިއަދު އިބޫ ވަނީ ފުލުހުންގެ ބަންދުން މިނިވަންކޮށްފައެވެ.