ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި މާލޭ ސިޓީ ކައުނިލްގެ މެމްބަރު އަހުމަދު ނިޔާޒުއާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އާދަމް ޒާލިފްވެސް ފުލުހުންގެ ބަންދުން ދޫކޮށްކައިފިއެވެ.
އެންމެންވެސް ދޫކޮށްލާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ.
މީގެ ތެރެއިން އާޒިމްއާއި ނިޔާޒު ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން "ހުއްޓުވާ"ގެ ނަމުގައި ބޭއްވި އެއްވުމުގެ ތެރެއިންނެވެ.
އަދި އިލްހާމްގެ ކޮއްކޮ ޒާލިފް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހުގައެވެ.
މި ބޭފުޅުން މިނިވަން ވެފައިވާ ކަން އެމްޑީޕީ އިން ވެސް ވަނީ ޓުވިޓާ މެދުވެރިކޮށް ކަށަވަރު ކޮށްދީފައެވެ.