Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އިންތިހާބާ ގުޅޭ މަޝްވަރާތަކަށް ނަޝީދު ޔޫރަޕަށް

ރައީސް ނަޝީދު - ފޮޓޯ: ގޫގުލް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޔޫރަޕްގެ ބައެއް ޤައުމުތަކަށް ދަތުރު ކުރެއްވުމަށް އިއްޔެ ކޮލޮމްބޯއިން ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތާއި ސްވިޓްޒަރލަންޑް އަދި ޑެންމާކް އަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެގޮތުން ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެޤައުމުތަކުގެ ސަރުކާރުތަކާއި އަދި އެޤައުމުތަކުގައި ހުންނަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާނެ އެވެ.

އެމްޑީޕީން ބުނާ ގޮތުގައި މިދަތުރުފުޅުގައި، ރާއްޖޭގައި މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބަކަށް ހެދުމަށް ވެސް ރައީސް ނަޝީދު މަސައްކަތްކުރާއްވާނެއެވެ. އަދި ހަމަ އެހެންމެ ނުޙައްޤުން ޖަލަށްލާފައިވާ ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް އެޤައުމުތަކުން ކުރެވެން ހުރި ކަންކަން ކުރެއްވުމުގެ މަޝްވަރާތައްވެސް އެފަރާތްތަކާއެކު ކުރައްވާނެއެވެ.

ޔޫރަޕްގެ އިއްތިހާދުންވަނީ، ދިވެހި ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާތައް ދެނެގަނެ، ސަރުކާރުގެ އިސް ފަރާތްތަކަށް ޓާގެޓެޑް ސެންކްޝަންސް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.