Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އޭޖީގެ ވަކީލް ޝުނާނާ އިސްތިއުފާ ދެއްވައިފި

ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގޮވާލި އެޓާނީ ޖެނެރަލްސް އޮފީހުގެ ވަކީލު މަރިޔަމް ޝުނާނާ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވައިފިއެވެ.

އޭޖީ އޮފީހުގެ ސްޓޭޓް އެޓާނީގެ މަގާމު ފުރުއްވަމުން އައި ޝުނާނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރާއްޖޭގެ ސިޔާސީ ހާލަތު ގޮސްފައިވާ ހިސާބާ މެދު ހިތްހަމަނުޖެހިގެންނެވެ.

ޓުވީޓާ މެދުވެރިކޮށް އޭނާ އިސްތިއުފާ ދެއްވާފައިވާކަން އާންމުންނަށް އިއުލާން ކޮށްފައިވާއިރު ޝުނާނާ ބުނެފައިވަނީ 10 އަހަރު ދުވަހު ޚިދުމަތް ކުރުމަށްފަހު ވަކިވާން ދަތިވާ ކަމަށާއި، ނަމަވެސް އެއީ މިއަދު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އަދި އޭނާއާއެކު އޭޖީ އޮފީހުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުނާނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އިތުރަށް ދިގުދެންމުމަށް މަސައްކަތް ކުރުމުން އޭޖީ އޮފީހުގެ ވަކީލުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް އަޑު ފެތުރުނެވެ. އެ ދަނޑިވަޅުގައި ޝުނާނާ ވަނީ ކުއްލި ހާލަތު އުވާލުމަށް ފާޅުގައި ގޮވާލާފައެވެ.