Last Updated: June 27, 11:18
Saturday, June 27, 2026
ޚަބަރު

2017 ގެ އޭ ލެވެލް ނަތީޖާ އާދިއްތަ ދުވަހު ދޫކުރަން ފަށަނީ

މިދިޔަ އަހަރުގެ އޮކްޓޫބަރާއި ނޮވެންބަރުގައި ބޭއްވި އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގެ ސެޓްފިކެޓް އަންނަ އާދިއްތަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން ބުނެފި އެވެ.

ޑީޕީއީ އިން މިއަދު ބުނީ ނަތީޖާ ދޫކުރާނީ ޑީޕީއީންނާއި އިމްތިހާން ހެދި މަރުކަޒުތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޑީޕީއީން ނަތީޖާ ދޫކުރަން ނިންމާފައިވަނީ ރަސްމީ ދުވަސް ތަކުގައި ހެނދުނު 08:30 އިން މެންދުރުފަހު 13:30 އާއި ދެމެދު ކަމަށްވާއިރު، ސެންޓަރުތަކުން ނަތީޖާ ދޫކުރާ ގަޑި ކަނޑައާޅާނީ އެ ސެންޓަރަކުން ކަަމަށްވެސް ޑީޕީއީ އިން ބުނެ އެވެ.

ޑީޕީއީން ބުނީ އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރާނީ އިމްތިހާންގައި ބައިވެރިވި ކެންޑިޑޭޓްގެ އައިޑީކާޑް ހިފައިގެން އައުމުން ކަމަށެވެ. ބަދަލުގައި މީހަކު އަނަްނަ ނަމަ އެމީހާގެ އައިޑީކާޑާއި ކެންޑިޑޭޓް ގެންނަންވާނެ ކަަމަށްވެސް ޑީޕީއީން މައުލޫމާތުދެ އެވެ.

މިދިޔަ އަހަރު ބޭއްވުނު އޭލެވެލް އިމްތިހާނުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު އެއްވަނައިގައި ރާއްޖޭގެ 13 ދަރިވަރަކު ހިމެނިފައިވެ އެވެ.