Last Updated: April 28, 21:57
Sunday, April 28, 2024
ޚަބަރު

ސިނާންގެ ބަންދުގެ ޝަރީއަތް ކެންސަލްކޮށްފި

މެންބަރު އަބްދުﷲ ޝިނާން މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ އަހުމަދު ސިނާންގެ ބަންދުގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ސިނާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމީ މިއަދު ހެނދުނު 11:00 ޖެހިއިރު އެވެ.

ނަމަވެސް މިހާރު ވަނީ ބަންދުގެ މުއްދަތު މަޖިލިސް ކެންސަލްކުރި ކަން ސިނާންގެ ވަކީލުންނަށް އަންގާފަ އެވެ. އެކަމަކު މުއްދަތު މަޖިލިސް ކެންސަލް ކުރި ވަކި ސަބަބެއް އަންގާފައެއް ނުވެ އެވެ.

ސިނާން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އޭގެފަހުން އޭނާ ވަނީ މިމަހުގެ 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށް 15 ދުވަހުގެ މުއްދަތަކަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ސިނާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސިނާން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މާލެ ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. އެހެންނަމަވެސް، ފެބްރުއަރީ 4 ވީ އާދިއްތަ ދުވަހު އެ ދެ މެމްބަރުން މާލެ ވަޑައިގަތުމާއިއެކު އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފަ އެވެ.

ނަމަވެސް ސިނާންގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ސިނާން މިނިވަންކޮށްފަ އެވެ.