Last Updated: June 27, 11:22
Saturday, June 27, 2026
ޚަބަރު

ޔާމީންގެ ހަމްދަރުދީގެ މެސެޖެއް ވެނެޒުއެލާގެ ރައީސަށް

ވެނެޒުއެލާގެ ތިންވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ވެލެންސިއާގެ ޖަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 68 މީހުން މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ މޯރޯސް އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވެނެޒުއޭލާގެ ސިޓީއެއްކަމަށްވާ ވެލެންސިއާގެ ޖަލެއްގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ މޯރޯސްއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވި މިއަލިފާނުގެ ޙާދިސާގެ ޚަބަރު އެއްސެވީ، ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ވެނެޒުއޭލާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ފަރާތުން ވެނެޒުއޭލާގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ޚާއްޞަ ގޮތެއްގައި މިޙާދިސާގެ އަސަރު ކުރި ފަރާތްތަކަށް ޙަމްދަރުދީ ފާޅުކުރެއްވިއެވެ. އަދި މިޙާދިސާގައި އަނިޔާވި ފަރާތްތަކަށާއި، ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށްވެސް އެމަނިކުފާނުގެ މެސެޖުގައި ޙަމްދަރުދީ ރައްދުކުރައްވާފައިވެއެވެ.