"ބުލްބުލް" ގެ ނަމުގައި އަންހެން ކުދިނަށް ހާއްސަ ހެދުން ފިހާރައެއް މިރޭ ހިތަދޫގައި ހުޅުވައިފި އެވެ.
ހިތަދޫ ބޮޑުމަގުގައި ހުންނަ "ހެޕީ ޒޯން" އާ އިންވެގެން ހުރި ފިހާރަ މިރޭ ހުޅުވަން ބޭއްވި ހަފުލާގައި "ބުލްބުލް" ހުޅުއްވައު ދެއްވީ އައްޑޫ ހައި ސްކޫލްގެ ސްޕަވައިޒަރު އިބްރާހީމް ރުޝްދީ އެވެ.

"ބުލްބުލް" ގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް ބުނީ އެ ފިހާރައިން އެކި އުމުރުފުރާތަކުގެ އަންހެން ކުދިންގެ އެންމެ ފަހުގެ ހެދުންތައް ލިބޭނެ ކަމަށެވެ.

އަދި މިރޭ ފިހާރަ ހުޅުވުމާ އެކު ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް އަންނަ މަހުގެ 5 އާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެގޮތުން 15-25 ޕަސަންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.