Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ބަނގުރާ ބުއި މީހަކު ދުއްރައިން ތަޅަން ހުކުމްކޮށްފި

ހިތަދޫ ޕޮލިސް ސްޓޭޝަން. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ބަނގުރާ ބުއިމުގެ ކުށް ސާބިތުވި، އައްޑޫ ސިޓީ ހިތަދޫ މީހަކު ދުއްރަ އިން ތެޅުމަށާއި 27 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ބަނގުރާ ބުއިކަމުގެ ކުށް ސާބިތުވެފައިވެ ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނީ ސ.ހިތަދޫ ގުލްބަކާގެ/ މުޙައްމަދު ނާޒިޝް ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވާ ގޮތުން މުހައްމަދު ނާޒިޝް ނާޒިމް، މާލޭގެ ގެއެއްގެ ސިޑިމަތީގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން މަސްތުވުމަށް ބަނގުރާ ބޯކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައިވާ ގޮތުން އޭނާ ވަނީ ޝަރީޢަތުގެ މަޖިލީހުގައި، ފުލުހުންގެ ތަހުގީގުގައި ވެފައިވާ އިއުތިރާފަކީ ސައްޙަ އިއުތިރާފެއް ކަމަށް ބުނެފައެވެ.