Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

"ދެވަނަ ޓާމްގައި ކުދިން ބޭނުން ކުރާނީ ޓެބްލެޓް"

photo: mihaaru

ދެވަނަ ޓާމް ފެށޭއިރު ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ކުދިން ބޭނުން ކުރާނީ ފޮތުގެ ބަދަލުގައި ޓެބްލެޓް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ދެވަނަ ޓާމު ފެށެންވާ އިރަށް ކުދިންނަށް ޓެބްލެޓު ދިނުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެ ދުވަސް އަންނަން ވާ އިރަށް އެކަމަށް ތައްޔާރު ވެވޭނެ ކަމަށް އެޑިއުކޭޝަނުން ހާމަކޮށްފައިވެއެވެ.

ވައިފައި ނެޓްވޯކްގެ މަސައްކަތް ދިރާގާއި ގުޅިގެން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާ ކަމަށާއި ނެޓްވޯކް ލުމުގެ މަސައްކަތް ވެސް އެހާމެ ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. ނެޓްވޯކުގެ މަސައްކަތުގެ 83 ޕަސެންޓު މިހާރުވެސް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އަދި ޓީޗަރުންނަށް ދޭ ދެ ތަމްރީން ކޯހުގެ ތެރެއިން ފުރަތަމަ ކޯސް މިހާރު ޓީޗަރުން ފުރިހަމަ ކޮށްފައިވާ ކަމަށާއި ދެވަނަ ކޯސްވެސް ދެވަނަ ޓާމް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާ ކުރެއެވެ.

ސްކޫލްތައް ޑިޖިޓައިޒް ކުރުމަށް ސަރުކާރުން 154 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. ސަރުކާރުން ބުނަނީ އޭގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެނިގެން އަންނާނެ ކަމަށެވެ.