Last Updated: June 28, 09:34
Sunday, June 28, 2026
ޚަބަރު

ކޮންމެ ހޮނިހިރަކު ޕިއްޒާ ކާނީ އަގުހެޔޮކޮށް

ޕިއްޒާއެއް ކާލަން ބޭނުން ވިޔަސް، އަގު ބޮޑުވެެގެން މިހާރު ހާސްވާކަށް ނުޖެހޭނެ އެވެ. ހިތަދޫ ފާސްޓް ފުޑް ރެސްޓޯރަންޓުން މި ފަހިކޮށް ދިނީ ހޮނިހިރު ދުވަހު މާ ބޮޑަށް ވެސް އަގުހެޔޮކޮށް ޕިއްޒާ ކާލެވޭނެ ފުރުސަތެކެވެ. "ކިޑްސް ސަޓަޑޭ" ގެ ނަމުގައިި ކުރިއަށް ގެންދާ ޕްރޮމޯޝަން މި އަހަރުގެ ކޮންމެ ހޮނިހިރު ދުވަހު ކުރިއަށް ގެންދާނެ އެވެ.

އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ބޭނުން ވައްތަރެއްގެ ޕިއްޒާއެއް އެންމެ 85ރ. އަށް ލިބޭނެ އެވެ. އެހެންވީމާ ދަރިން ގޮވައިގެން ގޮސް ފާސްޓް ފުޑްގައި ޕިއްޒާ ކައިލުމުގެ އިތުރަށް ހޮނިހިރު ދުވަހު ޑެލިވަރީކޮށްގެން ވެސް އެ އަގުގައި ޕިއްޒާ ކާލަންވީ އެވެ.

ފާސްޓް ފުޑްގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް މިއަދު ބުނީ މި އަހަރުގެ ކޮންމެ ހޮނިހިރު ދުވަހަކު ވެސް ބޭނުން ވައްތަރެއްގެ ޕިއްޒާ ހެޔޮއަގުގައި ލިބޭނެ ކަމަށެވެ.

އެހެންވީމާ ލަސް ކުރާނެ ކަމެއް ނެތެވެ. މިއަދު މިއީ އަނެއްކާ ހޮނިހިރު ދުވަހެކެވެ. ފުރުސަތުގެ ބޭނުން ނަގާލައިގެން ނުވާނެ އެވެ.

"މިއީ ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ހާއްސަކޮށްގެން އަޅުގަނޑުމެން ފެށި ޕްރޮމޯޝަނެއް. މި އަހަރުގެ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހަކު މި ފުރުސަތު އޮންނާނެ،" އޭނާ ބުންޏެވެ. "ހޮނިހިރު ދުވަހަކީ ބަންދު ދުވަހަކަށްވާތީއާ އެކު ކުދިންނަށް ޓްރީޓެއްގެ ގޮތުގައި ޕިއްޒާ ދޭން ޕޭރަންޓުންނަށް ވެސް މިއީ ވަރަށް ރަނގަޅު ފުރުސަތަަކަށް ވާނެ."

ހިތަދޫ ލިންކް ރޯޑްގައި ހުންނަ ފާސްޓް ފުޑް ރެސްޓޯރަންޓަކީ އަބަދު ވެސް ކަސްޓަމަރުން އުފާކޮށް ދޭ ތަފާތު އެކި ކަހަލަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާ އާންމުންގެ މަގުބޫލުކަން ބޮޑު ރެސްޓޯރަންޓެކެވެ. މި ޕްރޮމޯޝަނަކީ ވެސް އޭގެ ތެރެއިން ބައެކެވެ.