Last Updated: June 12, 11:16
Friday, June 12, 2026
ކުޅިވަރު

އިބްރަހިމޮވިޗް ގެލެކްސީގައި ވިދާލައިފި

މެންޗެސްޓާ ޔުނައިޓެޑުން އެމެރިކާގެ އެލްއޭ ގެލެކްސީއަށް ބަދަލުވި ޒްލަޓަން އިބްރަހިމޮވިޗް ގެލެކްސީއަށް ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހައި، އެޓީމަށް ތިން ޕޮއިންޓު ހޯދައިދީފިއެވެ.

ލޮސް އެންޖެލީސް އެފްސީއާ ދެކޮޅަށް ކުޅެ ގެލެކްސީ މެޗު ކާމިޔާބުކޮށްފައިވަނީ އެލްއޭ އެފްސީ 3 ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ. އެލްއޭ އެފްސީގެ ފުރަތަމަ ދެ ލަނޑު ވެލާ ޖަހާފައިވާއިރު ތިން ވަނަ ލަނޑަކީ ގެލެކްސީގެ ސްޓްރެސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގެލްކްސީގެ ފުރަތަމަ ލަނޑު ލެޓްގެޓް ޖަހާފައިވާއިރު ދެވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖެހީ ޕޮންޓިއަސްއެވެ. އަދި ފަހު ދެ ލަނޑު ޖަހައި ޓީމު މޮޅުކޮށްދިނީ މެޗުގެ 71 ވަނަ މިނެޓުގައި ކުޅެން ނިކުތް ޒްލަޓަން އިބްރަހިމޮވިޗްއެވެ.

ރީތި ގޯލުތައް ޖެހުމަށް އާދަވެފައިވާ އިބްރަހިމޮވިޗް ގެލެކްސީގެ ފުރަތަމަ ގޯލުވެސް ޖަހާފައިވަނީ އެހާމެ ފުރިހަމަކޮށެވެ. ގިނަ ދުވަސްތަކެއް ވަންދެން މިދިޔަ ސީޒަނާއި މިސީޒަނުގައި އަނިޔާގައި ހުރުމަށްފަހު ކުޅުމާއި ދުރުން ފެނުނަސް އިބްރާ ބުނަނީ އޭނާ ހުރީ ގެލެކްސީގައި ކުޅުމަށް ކެތް މަދުވެފައި ކަމަށެވެ.