Last Updated: June 12, 11:16
Friday, June 12, 2026
ކުޅިވަރު

ފަހަތުން އަރައި ބާސާ ބަލިނުވެ ހިފަހައްޓައިފި

ސްޕެނިޝް ލީގުގައި މިސީޒަނުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު، ބާސެލޯނާ ރޭ ހަނި ގޮތަކަށް ސެވީއާ އަތުން ސަލާމަތްވެއްޖެއެވެ.

ރޭގެ މެޗު މެސީ ބެންޗުގައި ބަހައްޓައިގެން އާނަސްޓް ވަލްވާޑޭ ފަށާފައިވާއިރު އޭނާގެ ޓީމު ކޮޅަށް ސެވީއާއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި ވަޒްކޭޒް ޖަހާފައިވަނިކޮށް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު މިއުރިއެލް ވަނީ ސެވީއާގެ ލީޑު ފުޅާކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ވަލްވާޑޭއަށް ވަނީ މެސީ ކުޅެން ނެރުމަށް މަޖުބޫރު ވެފައެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅު ސުއަރޭޒް ލަނޑެއް ޖަހާފައިވަނިކޮށް މެސީ ނަތީޖާ އެއްވަރުކޮށްދިނީ 89 ވަނަ މިނެޓުގައެވެ.

މެޗުން ޕޮއިންޓެއް ލިބުނު ނަމަވެސް ބާސާއަށް މިހާރު އޮތީ ގާތްގަނޑަކަށް ލީގު ކަށަވަރުވެފައެވެ. ކުޅުނު 30 މެޗުން 23 މެޗު ކާމިޔާބުކޮށް، 7 މެޗުން އެއްވަރުވެފައިވާއިރު ބާސާ އަދި ލީގުގައި އެންމެ މެޗަކުންވެސް ބައްޔެއް ނުވެއެވެ. 76 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ބާސާއާ އެންމެ ކައިރި ކުރެވެނީ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށެވެ.

އެތްލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 29 މެޗުން 64 ޕޮއިންޓެވެ. އަދި ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.