Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އަންހެނުންނަށް ހިލޭ ސެލްފް ޑިފެންސް ކުލާސްތަކެއް ބާއްވަނީ

އަންހެނުންނަށް ކުރާ އަނިޔާތަކާއި ފުރައްސާރައާ ދެކޮޅަށް ހަރަކާތްތެރިވާ "ނުފޮށޭ" ކެމްޕޭނުގެ ދަށުން އަންހެނުންނަށް ސެލްފް ޑިފެންސް ކްލާސްތަކެއް އަގަކާ ނުލާ ނަގައި ދިނުމަށް އިންތިޒާމް ކޮށްފިއެވެ.

މި ކުލާސްތައް އޮންނާނީ މިހިނގާ އެޕްރީލް މަހުގެ 6 އަދި 7 ވަނަ ދުވަހުގައެވެ. ރޭގަނޑު 19:30 އިން 21:30 އަށް ކުރިއަށްދާ މި ކުލާސްތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު "ނުފޮށޭ" އިން ވަނީ ހުޅުވާލާފައެވެ.

މި ކުލާސްތަކުގައި ބައިވެރިވުމަށް ގިނަ އަންހެނުން ނަން ނޯޓުކޮށްފައިވާއިރު "ނުފޮށޭ" އިން ބުނެފައިވާ ގޮތުގައި މިކުލާސްތަކަށް އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.

އަދި އެޕްރިލް 6 އަދި 7 ވަނަ ދުވަހު ރޭގަނޑުގެ ދެކުލާހުން މިހާރު ޖާގައެއް ނެތް ނަމަވެސް އެޕްރިލް 7 ވަނަ ދުވަހުގެ ހަވީރު 3:30 އިން 5:30 އިތުރު ކުލާހެއް ނެގުމަށް ނިންމައި، އެ ކުލާހުގައި ބައިވެރިވުމުގެ ޖާގަ ހުޅުވާލެވިފައިވާ ކަމަށް "ނުފޮށޭ" އިން މައުލޫމާތު ދެއެވެ.