Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބީއެމްއެލްގެ ލުއި ލޯންތަކަށް ޚާއްސަ ޕްރޮމޯޝަނެއް

ބޭންކް އޮފް މޯލްޑިވްސްއިން ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް ލޯނު ނަގައިގެން ލޯނަށް ދެއްކި ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ލޯނު ނަންގަވާ ފަރާތްތަކަށް ދެއްކި ފައިސާ އަނބުރާ ލިބުމުގެ ފުރުސަތު އެބައޮތެވެ.

ބީއެމްއެލްގެ ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް އަށް ކުރިމަތިލެވޭނީ ވަޒީފާގައި ފާއިތުވެދިޔަ 12 މަސް ދުވަހު އުޅެފައިވާ ފަރާތްތަކަށެވެ. އަދި މިހާރު ވަޒީފާ އަދާކުރަމުންދާ ތަނުގައި މަދު ވެގެން ހަ މަސް ދުވަސް ވަންދެން މަސައްކަތް ކުރުންވެސް މި ލޯނަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ "ލުއި އެކްސްޕްރެސް" ލޯނު ނަގާ ފަރާތްތަކަށް 50،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެއެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 18 ޕަސަންޓެވެ. އަދި ރަހުނެއް ބަހައްޓާ ނަމަ 11.75 ޕަސަންޓެވެ. ލޯނު އަނބުރާ ދެއްކުމަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

މީގެ އިތުރުން "ލުއި ޕްރޮފެޝަނަލް" ލޯނުގެ ދަށުން 50،000 ރުފިޔާ އިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެ އެވެ. ލުއި ޕްރޮފެޝަނަލް ލޯނުގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސަންޓު، އަދި ރަހުނެއް ބަހައްޓާނަމަ 11.75 ޕަސަންޓެވެ. މި ލޯނު އަނބުރާ ދައްކަން ފަސް އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް، ދިވެހިންގެ ބޭންކް" ކެމްޕޭނުގެ ދަށުން އާންމުންނަށް މިފަދަ ޕްރޮމޯޝަންތަކާއި ސީއެސްއާރު ހަރަކާތްތައް ވަރަށް ގިނައިން ކުރިއަށް ގެންދެއެވެ.