Last Updated: June 10, 20:48
Thursday, June 11, 2026
މުނިފޫހިފިލުވުން

"މޭރީ ކޮމް" އަށް ޕްރިޔަންކާ ތައްޔާރުވާން ފަށައިފި

މިދިޔަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ބައިވެރިވެ ބޮޮކްސިން އިން ބްރޯންޒް މެޑެލް ހާސިލްކޮށްފައިވާ އިންޑިއާގެ އަންހެން ބޮކްްސަރު މޭރީ ކޮމްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމަށް ޕްރިޔަންކާ ޗޯޕްޅާ ތައްޔާރު ވާން ފަށައިފި އެވެ.

ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް، އޮމަންގް ކުމާރު ޑައިރެކްޓް ކުރާ މެރީ ކޮމްގެ ބައޯޕިކް އަށް ތައްޔާރުވުމުގެ ގޮތުން ޕްރިޔަންކާ އަށް ވަނީ ވަރަށް ބުރަ އަދި ގިނަ ފިޒިކަލް ޓްރޭނިންތަކެއް ހަދަން ޖެހިފަ އެވެ. ބޭނުމަކީ މެރީގެ ކެރެކްޓާ އަށް ޕްރިޔަންކާ ފިޓް ކުރުމެވެ.

އެގޮތުން ޕްރިޔަންކާގެ ޓްރޭނަރަކަށް މިހާރު ވަނީ އިންޑިއާގެ މަޝްހޫރު ދުވުންތެރިޔާ މިލްކާ ސިންގްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ބައޯޕިކް "ބާގް މިލްކާ ބާގް" އަށް އެ ފިލްމްގެ ބަތަލު ފަރްހާން އަހަތަރަށް ޓްރޭނިން ދިން ޓްރޭނަރު ސަމީރު ޖޮހާލް ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ބޮކްސިން ޓްރޭނިން ޕްރިޔަންކާ އަށް ދިނުމަށް ޝާހްރުކް ހާން ލީޑް ރޯލް ކުޅުނު ހޮކީ ފިލްމް "ޗަކް ދޭ އިންޑިއާ" ގެ ބައިވެރިންނަށް ޓްރޭނިން ދިން ރޮބް މިލާ ވެސް ވަނީ ހަމަޖައްސާފަ އެވެ.

މޭރީ ކޮމް ބައޯޕިކްގައި ޕްރިޔަންކާ އާ އެކުގައި "ކައި ޕޯ ޗޭ" އިން ފެނިގެން ދިޔަ ސުޝާންތު ސިންގް ވެސް ފެނިގެން ދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.