ތ. މަޑިފުށީގައި ހަދަމުންދިޔަ ގެއެއްގެ 3 ވަނަ ބުރިން ދިވެއްސަކާއި ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިހާދިސާގައި އަނިޔާވެފައި ވަނީ ތ. މަޑިފުށީ ނޫވިލާގޭ މުހައްމަދު މުފީދު (58އ) އާއި އެގޭގެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝް ރައްޔިތަކަށެވެ.
މިހާދިސާގައި ބިދޭސީ މީހާއަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށާއި، އެހެން ނަމަވެސް ދިވެހި މީހާގެ ފައި ފަލަ މަސްގަނޑުން ބިނދި އަނިޔާވެފައިވާކަމުގައި މަޑިފުށީ ސިއްޙީމަރުކަޒުގެ އޮފިޝަލަކާއި ހަވާލާދީ "ވީނިއުސް" އިން ރިޕޯޓްކުރެ އެވެ. އަދި އަނިޔާވި މީހުން މާލެ ފޮނުވުމަށް މިހާރު ތައްޔާރުވަމުންދާ ކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.
އެދެމީހުން ވެއްޓުނީ މިއަދު ހެނދުނު 9:00 ޖަހާ އެހާކަންހާއިރު، ތިންބުރިއަށް އިމާރާތް ކުރަމުންދާ އެރަށު ރިވެލި ގޭގެ ފުރާޅުގެ މަތިވަޑާންގަނޑު އެޅުމަށް ފައިދަށް އެޅުމުގެ މަސައްކަތްައް ކުރަމުން ދަނިކޮށް ކަމަށާއި އެދެމީހުން ވެއްޓެން މެދުވެރިވީ އަށިއެޅުމަށް ބޭނުންކޮށްފައިވާ ހޮޅިއެއްގެ އެއްކޮޅަށް އެ ދެމީހުންނަށް އެރި ހޮޅި ކަހާލައިގެން ދިޔުމުން ކަމަށް މަންޒަރުދުން ބައެއް މީހުންނާއި ހަވާލާދީ މަޑިފުށިން ވާހަކަ ދެއްކި މީހަކު ބުނިކަމަށް "ވީނިއުސް" އިން ރިޕޯޓްކުރެ އެވެ.