Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ގްލޯރިއާ ޖީންސް ކޮފީ އައްޑޫގައި ވެސް ހުޅުވަނީ

އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީސް"ގެ ފްރެންޗައިސް ރެސްޓޯރަންޓެއް ވަރަށް އަވަހަށް އައްޑޫ ސިޓީގައި ވެސް ހުޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ރޭ މާލޭގެ ރަސްފަންނުގައި، "ގްލޯރިއާ ޖީންސް ކޮފީސް"ގެ ފްރެންޗައިސް ރެސްޓޯރެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވި ގޮތުގައި، އައްޑޫގައި ވެސް ގްލޯރިއާ ޖީންސް ކޮފީސްގެ ރެސްޓޯރަންޓެއް ހުޅުވާނެ ކަމަށް ރާއްޖޭގައި އެ ފްރެންޗައިޒް ގެންގުޅޭ ކުންފުނީގެ ވެރިން ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އައްޑޫގެ އިތުރުން ކުޅުދުއްފުށީގައި ވެސް "ގްލޯރިއާ ޖީންސް ކޮފީސް"ގެ ފްރެންޗައިސް ރެސްޓޯރެންޓެއް ހުޅުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އައްޑޫ އާއި ކުޅުދުއްފުށީގައި "ގްލޯރިއާ ޖީންސް ކޮފީސް"ގެ ފްރެންޗައިސް ރެސްޓޯރެންޓް ހުޅުވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފްސީލެއް ސައީދު ނުދެއްވައެވެ.