Last Updated: June 19, 11:28
Thursday, June 19, 2025
ޚަބަރު

އަބްދުﷲ މަނިކުފާނުގެ ކަށު ނަމާދު މިއަދު މެންދުރު

އައްޑޫ ސިޓީ، ފޭދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އަބްދުﷲ މަނިކުފާނުގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އޮންނާނެއެވެ.

އަބްދުﷲ މަނިކުފާނުގެ ކަށު ނަމާދު އޮންނާނީ ފޭދޫ، މަސްޖިދުލް އަމާން (ފޭދޫ ބޮޑު މިސްކިތް) ގައެވެ.

އަބްދުﷲ މަނިކުފާނު އެކްސިޑެންޓްވީ އޭނާ ދުއްވާފައި ދިޔަ ބައިސްކަލްގައި ކާރަކުން ޖެހިގެން ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.