Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އޮލިމްޕަސް ޕީއެސްއެމްގެ އަތްދަށަށް!

މާލޭގެ އެންމެ ދުވަސްވީ ސިނަމާ، އޮލިމްޕަސް ހިންގުމާއި ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ހަވާލުވެއްޖެއެވެ.

ޕީއެސްއެމްގެ ރަސްމީ ޓުވިޓާ އެކައުންޓް މެދުވެރިކޮށް އޮލިމްޕަސް ހިންގުމާ ހަވާލުވެފައިވާކަން ކަށަވަރު ކޮށްދީފައިވާއިރު އެކަން ކުރިއަށް ގެންދާނީ ރައީސް ޔާމީންގެ ޒުވާނުންގެ އެޖެންޑާ ކެމްޕޭނުގެ ދަށުން ކަމަށް ޕީއެސްއެމްއިން ހާމަކޮށްފައިވެއެވެ.

ޕީއެސްއެމްއިން އޮލިމްޕަސް ހިންގުމާއި ހަވާލުވުމަކީ ފިލްމް އިންޑަސްޓްރީއަށް އެއިން ލިބޭ ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް އެ އިދާރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެގޮތުން ފިލްމް ޕްރޮޑިއުސަރުންނަށް، ވިޔަފާރި އުސޫލުން އޮލިމްޕަސް ކުރިއަށް ގެންދަން ފަށައިފިނަމަ ގެއްލުން ވާނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ.