Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފިހާރަތަކާއި ކެފޭތައް ބަންދު ނުކުރާ ގޮތަށް ހަދަނީ

ފިހާރަތަކާއި ކެފޭތައް 24 ގަޑިއިރު ހުޅުވާފައި ހުންނަ ގޮތަށް ގަޑިތަކަށް ބަދަލު ގެނައުމަށް އިކޮނޮމިކް މިނިސްޓްރީން އަނެއްކާ ވެސް ނިންމުމަށް ތައްޔާރުވެއްޖެއެވެ.

މާލޭގެ ކެފޭތަކުގެ ތެރޭގައި މާރާމާރީ ގިނަވެ ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު މަގާމުގައި ހުންނެވި ދުވަސްވަރު ކެފޭތަކާއި ފިހާރަތައް ބަންދުކުރާ ގަޑި އަވަސް ކުރުމަށްފަހު އެއަށްފަހު އައި ރަމަޟާން މަސްތަކުގައި ވަނީ ކެފޭތަކާއި ފިހާރަތައް ހުޅުވާ ގަޑިތައް އިތުރުކޮށްފައެވެ.

އަދި މިހާރު އެ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ޕީއެސްއެމްއަށް ވިދާޅުވީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް 24 ގަޑިއިރު ހިދުމަތްދޭ ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ނަމަވެސް ކުރިން ކަންތައް ހިނގިގޮތްތައް ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އެޅޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފިހާރަތް ރޭގަނޑު 10:00 އަށް ހުޅުވިފައި މިހާރު ހުންނައިރު ކެފޭ ތަކާއި ރެސްޓޯރެންޓްތައް ހުޅުވިފައި ހުންނަނީ މެންދަމު 00:00 އާ ހަމައަށެވެ.