Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ޗައިނާ ސްޕޭސް ލެބް މިއަދު ވެއްޓިއްޖެ

ޗައިނާ އިން 2011 ވަނަ އަހަރު ޖައްވަށް ފޮނުވި ސްޕޭސް ލެބް " ޓިއަންގޮން-1" މިއަދު ދުނިޔޭގެ ފަށަލައަށް އައިސް، ޕެސިފިކް ކަނޑަށް ވެއްޓިއްޖެ އެވެ.

މި ސެޓެލައިޓުގެ ކޮންޓްރޯލް ގެއްލި، މަސައްކަތް ހުއްޓުނީ 2016 ވަނަ އަހަރުގެ މާޗު މަހުގައެވެ. އޭގެ ފަހުން އެ ސެޓެލައިޓް ވަނީ ޖައްވުގައި އެތައް ދުވަހެއް ވަންދެން ކޮންޓްރޯލެއް ނެތި ދަތުރުކޮށްފައެވެ.

ނަމަވެސް ޗައިނާއިން އައީ އެ ސެޓެލައިޓް ދުނިޔެއަށް ވެއްޓެންދެން ސެޓެލައިޓަށް ވާ އެއްޗެއް ގާތުން ބަލަމުންނެވެ. ޕެސިފިކް ކަނޑަށް ސެޓެލެއިޓު ވެއްޓިފައިވަނީ މިއަދު އޭތި ވެއްޓޭނެ ކަމަށް ޗައިނާއިން ކުރިން ބުނެ، އިންޒާރު ފޮނުވާފައި ވަނިކޮށެވެ.

އެމެރިކާގެ ހިސާބުތަކަށް އޭގެ ބައިބައި ވެއްޓޭނެ ކަމަށް ޗައިނާއިން ކުރިން ލަފާ ކުރި ނަމަވެސް ސެޓެލެއިޓު ވެއްޓިފައިވަނީ ކަނޑަށެވެ. ނަމަވެސް ސެޓެލައިޓު ވަނީ ދުނިޔޭގެ ފަށަލައަށް ވަން ތަނުން އަނދަން ފަށާފައެވެ.

ޗައިނާ އިން ބުނެފައިވަނީ ސެޓެލެއިޓުގެ ކޮންޓްރޯލް ގެއްލުނީ އުޅަނދު ޖައްވަށް ފޮނުވި ބޭނުން ހާސިލް ވުމަށް ފަހުގައި ކަމަށެވެ.