ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ ދިވެހިންނަށް މެޑިކަލް ވިސާ ދިނުން މަޑުޖައްސާލުމަށް ފަހު އިންޑިއަން ހައި ކޮމިޝަނުން އަލުން އެ ޚިދުމަތް ދޭން ފަށައިފި އެވެ.
އިންޑިއަން ހައި ކޮމިޝަނުން ބުނީ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ވިސާ ދޫކުރުން މަޑުޖައްސާލުމަށްފަހު އަނބުރާ އެ ޚިދުމަތް ދޭން ފެށޭނީ މިިދިޔަ އަންގާރަ ދުވަހު ކަމަށެވެ.
ވިސާ ދޫކުރަން އަލުން ފަށާފައިވާ ކަމަށާއި އޮންނަ އުސޫލުގެ މަތިން ދައްޗެއް ނެތި މިހާރު ވިސާ ދޫކުރަމުން ގެންދާނެ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެއެވެ.
އިންޑިއާއިން ވިސާ ދިނުން މަޑުޖައްސާލި އިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރި ފަހުން، އިންޑިއާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.
ނަމަވެސް އިންޑިއާއިން ފަހުން ވަނީ އެ ޤައުމުން ރާއްޖޭގެ ކަންކަމާ ނުބެހޭނެ ކަމަށާއި ވާދަވެރި ޗައިނާއިން އެ ޤައުމަށް ގެއްލުންވާ ފަދަ ކަމެއް ނުކުރުމަށް އެދެފަ އެވެ.