Last Updated: June 27, 09:51
Saturday, June 27, 2026
މުނިފޫހިފިލުވުން

ސަލްމާން ޗުއްޓީ ހޭދަ ކުރަން ރާއްޖޭގައި

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ބަތަލު ކަމަށްވާ ސަލްމާން ޚާން އާއި އޭނާގެ އާއިލާގެ ދެ މެމްބަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އެގޮތުން ސަލްމާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ އޭނާގެ ދެ ކޮއްކޮ ކަމަށްވާ އަރްބާޒް ޚާން އާއި ސޮހައިލް ޚާން އާއެކުއެވެ.

ސަލްމާންގެ ކޮއްކޮއެއް ކަމަށްވާ އަރްޕީތާގެ ދަރިފުޅު އާއިލްގެ އުފަންދުވަސް ދުބާއީގައި ފާހަގަކުރުމަށްފަހު ސަލްމާން އާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްފައިވާއިރު، އެމީހުން ރާއްޖޭގައި ހޭދަކުރާނީ ކިހާ ދުވަހެއް ކަން އެނގިފައެއް ނުވެއެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަަން ވެސް އެނގިފައެއް ނުވެއެވެ.

އެހެންނަމަވެސް، ސަލްމާނާއި އަރްބާޒާއެކު ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ސަލްމާން އެންމެ ފަހުން ފެނިގެން ދިޔައީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އާއެކު "ޓައިގާ ޒިންދާ ހޭ" އިންނެވެ. ސަލްމާންގެ ކޮއްކޮ އަރްބާޒް އާއި ސުހައިލްއަކީވެސް އެކްޓުކުރުމުގެ އިތުރުން ފިލްމުތައް ޑައިރެކްޓުކޮށް އަދި ޕްރޮޑިއުސްކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ދެ މީހުންނެވެ.