ހުޅުމީދޫން ވިޔަފާރިކުރުމަށް 13 ބިމެއް ދޫކުރުމަށް ނިންމައިފިއެވެ. ކައުންސިލުން ނެރެފައިވާ އިއްލާނެއްގައިވަނީ ހުޅުމީދޫ އަވަށުން ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތަތްކަށް ބިން ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ބިން ދޫކުރަނީ ރީޓެއިލް ވިޔަފާރި ކުރުމަށާއި، ކެފޭ ރެސްޓޯރެންޓް ހިންގުމުގެ އިތުރުން ތެޔޮފިހާރަ ހިންގުމަށެވެ. ނަމަވެސް ރީޓެއިލް ފިޔަފާރިއަށް ދޫކުރާ ބިމުގައި ހާޑްވެއާ ފިހާރައެއް ނެހެދޭނެކަމަށް ކައުންސިލްގެ އިއްލާނުގައި ވެއެވެ.
ހުޅުމީދޫ އަވަށު ބޯޑުގެ ރައީސް އިބްރާހިމް ދީދީ ވިދާޅުވީ ވިޔަފާރިކުރުމަށް ދޫކުރާ ހުރިހާ ބިމެއްވެސް ދޫކުރަނީ މީދޫ ހިއްކި ބިމުގެ ސަރަހައްދުންކަމަށެވެ.
އަދި ބިން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުލީބިމަށް އެދޭ ފޯމް ފުރުމަށްފަހު 29 އެޕްރީލް 2013 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އަށް މި އިދާރާގެ ޑިޕާރޓްމަންޓް އޮފް އެންވަޔަރަންމަންޓްގެ ޖެނެރަލް ސާރވިސް ސެކްޝަން އަށް ވަޑައިގެން ބިޑް/ޕްރޮޕޯޒަލް ހުށަހެޅުމަށް އިއްލާނުގައިވެއެވެ.
ކުލީ ބިމަށް އެދޭ ފޯމާއި އަދި މަޢުލުމާތު ޝީޓް ވިއްކާ އަގަކީ 150 ރުފިޔާއެވެ.