Last Updated: June 27, 09:51
Saturday, June 27, 2026
ޚަބަރު

ފައިސަލް ފުލުހަށް ހާޒިރުވާން އަންގައިފި

ފައިސަލް ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފައިސަލް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 13:15 އަށެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މާލޭގެ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރުދީ މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައިވާ މައްސަލަ އާއި މިދިޔަ މަހުގެ 16 ވަނަ ދުވަހު ބޭއްވި އެއްވުމަށް ގޮވާލައި އެ ދުވަހު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ދެއްދެކެވި ވާހަކަތަކުގެ މައްސަލައިގަ އެވެ.

މީގެ އިތުރުން މާޗު 16 ވަނަ ދުވަހު ބޭއްވި އެއްވުމަށް ގޮވާލައި ވާހަކަ ދެއްކެވި ކަމަށްބުނެ އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުވެސް ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން މާޗު 16 ވަނަ ދުވަހު ދުވަހު ބޭއްވި މުޒާހަރާއިން 141 މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް ފަސް މީހަކު ފިޔަވާ އެންމެން މިހާރުވަނީ ދޫކޮށްލާފައެވެ.