Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

އެޗްޕީއެލް އޯޓިޒަމް ދުވަހު ޝަރަފުއްދީންގެ ދަރިވަރުންނާ އެކު

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އޯޓިޒަމް ދުވަހާއި ގުޅިގެން ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)ގެ އިސްވެރިން ހިތަދޫ ޝަރަފުއްދީން ސްކޫލްގެ "އައް ނޫރު" ސެންޓަރަށް ޒިޔާރަތްކޮށްފިއެވެ.

"އައްނޫރު" ސެންޓަރަކީ، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ޝަރަފުއްދީން ސްކޫލްގައި ގާއިމްކޮށްފައިވާ ސެންޓަރެކެވެ.

މިއަދު ހެނދުނު އެޗްޕީއެލްގެ އިސްވެރިން ޝަރަފުއްދީން ސްކޫލަށް ކުރި ޒިޔާރަތުގައި، "އައްނޫރް" ސެންޓަރުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނާއި އެކު ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ޝަރަފުއްދީންގެ ދަރިވަރުންނާއި އެކު ވަގުތު ކޮޅެއް ހޭދަކުރި އިރު އެޗްޕީއެލްގެ މުވައްޒަފުންގެ ފަރާތުން ދަރިވަރުންނަށް ވަނީ ހަދިޔާ ވެސް ދީފައެވެ.