Last Updated: June 27, 09:51
Saturday, June 27, 2026
ޚަބަރު

އެސްޓީއޯ އިން ޑީސަލްގެ އަގު ބޮޑުކޮށްފި

އެފްއެސްއެމް ގައި ސައިކަލަކަށް ތެޔޮ އަޅަނީ - ފޮޓޯ: މިހާރު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔުމާއި ގުޅިގެން ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ބުނީ މާދަމާ އިން ފެށިގެން ކޮންމެ ޑީސަލް ލީޓަރަކުން 20 ލާރި ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

މިހާރު އެސްޓީއޯ އިން ޑީސަލްގެ އަގަށް ގެނެވުނު ބަދަލަށް ފަހު ޑީސަލް ލިޓަރެއް ލިބޭނީ 10:41 ލާރިއަށެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރިއިރު ތެލުގެ އަގު ހިފެހެއްޓުމަށް ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކްގެ ޤައުމުތަކުން ނިންމުމާއި ގުޅިގެން ތެލުގެ އަގު ވަނީ އުފުލިފައެވެ. އަދި މެދުރިއިރުމަތީގެ ސިޔާސީ މައްސަލަތަކުގެ ސަބަބުން ވެސް ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ.

އެމެރިކާ ހިމެނޭ ގޮތައް ދުނިޔޭގެ ބާރުތަކުން އީރާން އާއި އެކު ސޮއި ކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމާއި މެދު ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ބުނުމުން ވެސް ތެލުގެ އަގު ވަނީ އުފުލެން ފަށާފައެވެ.