އޮސްޓްރޭލިޔާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.
ރަސްފަންނުގައި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހަދާ ޕެވިލިއަންގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ގްލޯރިއާ ޖީންސް ކޮފީ"ގެ އައުޓްލެޓެއް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އެވެ.
"ގްލޯރިއާ ޖީންސް ކޮފީ" ހުޅުވާފައި ވަނީ ރަސްފަންނު ޕެވިލިއަންގެ ދެވަނަ ފަންގިފިލާގަ އެވެ.
ރާއްޖޭގައި ގްލޯރިއާ ޖީންސް ކޮފީ ހުޅުވާފައި މި ވަނީ "ބްރޫ އެންޑް ފީސްޓް" ކިޔާ ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ.
މިއީ ރާއްޖޭގައި މި ބްރޭންޑްގެ އައުޓްލެޓެއް ހުޅުވި ފުރަތަމަ ފަހަރު ކަމުގައިވާއިރު، އެތަން ހުޅުވާފައި ވަނީ "ބްރޫ އެންޑް ފީސްޓް" ކިޔާ ދިވެހި ކުންފުންޏަކާ ގުޅިގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައިވެސް "ގްލޯރިއާ ޖީންސް ކޮފީ" ހުޅުވަން ނިންމާފައިވާކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މާލޭގައި މިރޭ ހުޅުވި "ގްލޯރިއާ ޖީންސް ކޮފީ" ގެ އައުޓްލެޓުން ކޮފީގެ އެކި ކަހަލަ ބުއިންތަކާއި އުފެއްދުންތަކަށް ލިބޭއިރު، ރާއްޖެއިންވެސް ސީދާ އޮސްޓްރޭލިޔާގެ ގްލޯރިއާ ޖީންސްއާ އެއް ކޮލެޓީއެއްގައި ކޮފީ ލިބޭނެއެވެ.
ރަސްފަންނުގައި ތަރައްޤީކުރާ ޕެވިލިއަން އަށް އިތުރު ބްރޭންޑްތައް ގެނައުމަށް ނިންމާފައިވާކަމަށް އެމްޑަބްލިވްއެސްސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މާލެއިން ހުޅުމާލެއަށް ފުރާ ފެރީ ޓާމިނަލް ހުންނަ އިމާރާތުގައި "ބާގާ ކިންގް" އާއި "ދަ ކޮފީ ކްލަބް" ގެ އައުޓްލެޓްތަކެއް ވެސް ވަނީ މިރޭ ހުޅުވާފައެވެ.