Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޕެނަލްޓީން ފޭދޫ ބަލިކޮށް، ހިތަދޫ ޗެމްޕިއަންކަން ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސ.އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިތަދޫން ހޯދައިފިއެވެ.

ހިތަދޫން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފޭދޫ އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 2-5 އިން ކުރި ހޯދައިގެންނެވެ.

މި މެޗު ފަށައިގެން ފުރަތަމަ ލަނޑެއް ޖަހައި ލީޑު ނެގީ، ހިތަދޫ ޓީމުންނެވެ. މި ލަނޑު ކާމިޔާބު ކުރީ، އެ ޓީމުގެއަޗަންގަނާ އޮމްބަލޭއެވެ. އޭނާ އަކީ ކެމަރޫންގެ ކުޅުންތެރިއެކެވެ.

ހިތަދޫ ޓީމުން ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޭދޫ ޓީމުގެ ސަޔަމް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗްގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.


އިތުރު ވަގުތުގައި ވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން މެޗްގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ހިތަދޫ އިން ޖެހި ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފޭދޫ އިން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ކުރެވުނީ 2 ޕެނަލްޓީ އެވެ. ދެން އެޓީމުން ޖެހި 2 ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ބޭރަށް ދިޔައިރު ހިތަދޫ ޓީމުގެ ކީޕަރު ވެސް ވަނީ ޕެނަލްޓީއެއް ދިފާއުކޮށްފައެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދި ހިތަދޫ ދެން ވާދަކުރާނީ ޒޯން މުބާރާތުގައެވެ. ޒޯން 8ގެ ފައިނަލުގައި ހިތަދޫ އާއި ވާދަކުރާނީ ފުވައްމުލަކުގެ ޗެމްޕިއަން ދޫޑިގަމު ޓީމެވެ.

އެ މެޗު ކުޅޭނީ މިމަހުގެ 15 ވަނަ ދުވަހު ފުވައްމުލަކުގައެވެ.މިނި