މި ސަރުކާރުން ކޮރަޕްޝަ ނެތް އެންމެ މަޝްރޫއެއް ވެސް ހިންގާފައި ނުވާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި އެއްވުމުގަ އޭނާ ވިދާޅުވީ މާލޭގައި ހިންގި ކޮންމެ ކަމެއް ވެސް އަލުން ކުރަން ނުޖެހޭ ގޮތަށް ވެސް ކޮށްފައިނުވާ ކަމަށެވެ.
"މުޅި މާލެ ވަށައިގެން ބަލާއިރު ނެތް ރޫޅައި ނުލައި އެންމެ ތަނެއްވެސް. އެންމެ މަސައްކަތެއްވެސް ނުކުރޭ ފަސް ފަހަރަށް ކުރަން ނުޖެހޭނެ ގޮތަށް. އެމަގުން އެކަން އެ ދަނީ އިންތިހާއަށް ކޮރަޕްޝަނާއި ފަސާދަ އެކުލެވިފައިވާތީ،" ޝިފާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމިނަށާއި ސަރުކާރަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވެމުން ދާ އިރު ރައްޔިތުންގެ އުއްމީދުތަކައް މި ސަރުކާރަކަށް ނޯންނާނެ އެވެ.
"ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އަކަށް މި ރާއްޖެ ދޫކޮށްލާފައި އަޅުގަނޑުމެނެއް ގެއަކު ނުތިބޭނަން. އިރާދަކުރެއްވިއްޔާ މި އަނިޔާވެރި މުޑުދާރު ސަރުކާރު އަޅުގަނޑުމެން ބަދަލު ކުރާނަން. އެ ދުވަސް ވެސް އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި ރައްޔިތުންނާ އަރާ ހަމަކުރާނެ،" އޭނާ ވިދާޅުވި އެވެ.