ބެޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ރެއާލް މެޑްރިޑަށް ވިއްކާލަން އުޅޭ ޚަބަރުތައް ކުލަބުން ދޮގުކޮށްފިއެވެ.
ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސެވީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބެޔާންގެ ކޯޗު ޖުޕް ހެއިނެކީ ދިން ޕްރެސް ކޮންފަރެންސުގައި ބުނެފައިވަނީ ލެވަންޑޯސްކީ ރެއާލާއި ނުގުޅޭނެ ކަމަށެވެ.
އޭނާ ބުނެފައިވަނީ ކުލަބުގެ ޗެއާމަން، ކިތަންމެ ބޮޑު އަގެއް ދިނަސް ލެވަންޑޯސްކީ ވިއްކާލަން އެއްބަސް ނުވާނެ ކަމަށެވެ. އަދި ކިތަންމެ ފަހަރަކު ލެވަންޑޯސްކީ ވިއްކާނުލާނެ ކަމަށް އޭނާ ބުނެފައިވާ ކަމަށް ޖުޕް، ޕްރެސް ކޮންފަރެންސުގައި ހާމަކޮށްފައިވެއެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ރެއާލުން ވަނީ މިހާރު ބެޔާންއަށް ލޯނަކަށް ފޮނުވާލާފައިވާ އުއްމީދީ ތަރި، ހަމޭސް ރޮޑްރިގޭޒް ބެޔާން އަށް ދީގެން ނަމަވެސް ލެވަންޑޯސްކީ ގެނައުމަށް ހުށައަޅާފައެވެ.
ބޮރޫޝިޔާ ޑޯޓްމަންޑުން ބެޔާން އަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ ވަނީ ކުޅުނު 122 މެޗުން 103 ގޯލު ޖަހާފައެވެ. އެނެމް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަސް ލަނޑު ޖަހައިގެން ދުނިޔޭގެ ރެކޯޑުވެސް އޭނާ ވަނީ ހާސިލުކޮށްފައެވެ.