Last Updated: July 1, 19:17
Wednesday, July 1, 2026
ޚަބަރު

އެއާޕޯޓްގެ ވީއަޕީ ބަނދަރު ބޭނުން ކުރެވޭގޮތަށް ހަދައިފި

ގަން އެއާޕޯޓްގެ ވީއައިޕީ ބަނދަރު: މި ފުރަން އަންނަ މީހުންނަށާއި އަންނަ މީހުންނަށް ބަނދަރު މިހާރު ބޭނުން ކުރެވޭ

ސަތާރަ ވަނަ ސާކް ސަމިޓަށް އަމާޒްކޮށް ސ. ގަމުގެ ވައިގެ ބަނދަރު ސަރަހައްދުގައި ހެދި ވީއަޕީ ބަނދަރަށް ފުރާ މީހުންނާއި އަންނަ މީހުން ނެގުމަށް ލޯންޗް ފަހަރަށް ވަދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް(އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ (ޝާޑް) ވިދާޅުވީ ވަކި ހުއްދައެއްގެ ދަށުން ފުރާ މީހުން ބޭލުމަށާއި އަންނަ މީހުން ނެގުމަށް ބަނދަރަށް ލޯންޗް ފަހަރަށް ވަދެވޭނެ ކަމަށެވެ.

އޭއައިއޭ އިން މިގޮތަށް މި ހަމަޖެއްސީ ޝަންގްރިއްލާ އާއި ހެރެތެރެ އަށް އެކަނި އެ ބަނދަރު ބޭނުން ކުރެވޭ ގޮތަށް އޮތުމުގެ ސަބަބުން ހުޅުމީދޫ ރައްޔިތުން ވަރަށް ޝަކުވާ ކުރަމުން ދަނިކޮށެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އެ ބަނދަރަށް ވަނުމަށް ލޯންޗް ފަހަރުން އޭއައިއޭގައި ރަޖިސްޓްރީ ވާން ޖެހެ އެވެ. އަދި އަހަރީ ފީއެއްގެ ގޮތުން 200 ރުފިޔާ ދައްކަން ޖެހެއެވެ. އަދި އެގަވާއިދުގެ ދަށުން އެތަން ބޭނުން ކުރެވެނީ ހަމައެކަނި ފުރާ މީހުންނަށާއި އަންނަ މީހުންނަށް އެކަނިއެވެ. އެހެން މީހުންނަކަށް އެތަނަށް އެރި ގޮސް ނޫޅެ ވެ އެވެ.

ސާކް ސަމިޓާއި ދިމާކޮށް އެެއާޕޯޓްގައި ހެދި ވީއަޕީ ލޯންޖް މިހާރު ވަނީ ޝަންގްރިއްލާ އާ ހަވާލުކޮށް ފައެވެ. އަދި ބަނދަރުގެ ބޭނުން ވެސް އެންމެ ގިނައިން ހިފަނީ ޝަންގްރިއްލާއިންނެވެ.