Last Updated: June 27, 09:51
Saturday, June 27, 2026
ޚަބަރު

އެމްއާރްޑީސީން ގާ ވިއްކުން ހުއްޓާލައިފި

އެމްއާރްޑީސީން ހިންގި ގާ ވިއްކާ ފިހާރަ - ފޮޓޯ: މިހާރު (ނިޝާން އަލީ)

ސަރުކާރުން އުވާލަން ނިންމާފައިވާ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ން ހިންގި ގާ ފިހާރައިން ގާ ވިއްކުން ހުއްޓާލައިފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އެމްއާރުޑީސީގެ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތްކުރިޔަށްދާތީ، އެ ކުންފުނިން ހިންގި ގާ ފިހާރައިން ގާ ވިއްކުން އިއްޔެއިން ފެށިގެން ވަނީ ހުއްޓާލާފައެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ކުންފުނިން ހިންގި ގާ ފިހާރަ ވެސް ދެން ހިންގާނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަނުގެ ބެލުމުގެ ދަށުންނެވެ.

ރާނަން ބޭނުންކުރާ ހަ އިންޗި އާއި ހަތަރު އިންޗީގެ ހޮލޯ އަދި ސޮލިޑް ގަލުގެ އިތުރުން ރާނަން ބޭނުންކުރާ ޕޭވްމެންޓް ގަލާއި ޕޭވްމެންޓްގައި އަޅާ ގަލާއި ބާގީޗާ ފަދަ ވޯލްކްވޭ ތަކުގައި އަޅާ ޑައިމަންޑް ބައްްޓަމަށް ހުންނަ ގާ ވެސް އެމްއާރުޑީސީގެ ގާ ފިހާރަ އިން ވިއްކާއިރު، އެ ފިހާރަ އަކީ ގާ ޑިސްޓްރިބިއުޓް ވެސް ކޮށްދޭ ތަނެކެވެ.

އެ ކުންފުނި އުވާލުމަށް ނިންމައި، އެ ކުންފުނީގެ ފަރާތުން އެއްވެސް ފައިސާއެއް ލިބެން ޖެހޭ ބަޔަކު ނޫނީ ކުންފުންޏެއް އޮތްތޯ ބެލުމަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

އެމްއާރުޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ.