Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މާލޭގައި "މިސްޓަ ރޮށި" ހުޅުވައިފި

މާލޭގައި ހުޅުވި މިސްޓަރ ރޮށި ފިހާރަ: ފޮޓޯ - ވަގުތު އެމްވީ

ދިވެހި ރޮއްޓަށް ޚާއްސަ ރޮށި ފިހާރައެއް "މިސްޓަ ރޮށި" ނަމުގައި މާލޭގައި ހުޅުވައިފި އެވެ.

މި ފިހާރައިން ދިވެހިންގެ ތެރޭގައި މަގުބޫލު ރޮށި ހަދައި، ޑެލިވަރ ވެސް ކޮށްދޭނެއެވެ. އެފަރާތުން މައުލޫމާތު ދޭ ގޮތުގައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 00:00 އަށް ޑެލިވަރ ވެސް ކޮށްދޭނެ ކަމަށެވެ. ޑެލިވަރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން 7317776 އަށް ގުޅާލުމުން އެ ޚިދުމަތް ލިބޭނެއެވެ.

މި ފިހާރައިގެ ރޮށި މާލޭގެ ވަރަށް ގިނަ ފިހާރަތަކުން މިހާރު ލިބެން ހުންނާނެއެވެ. މިސްޓަރ ރޮށި ފިހާރައިން ރޮށި ލިބޭ އަގުތަކަކީ:

    ޕްލެއިން ރޮށި: (އާދައިގެ ފުށް، ވެޖިޓަބަލް އޮއިލްއާއެކު) އަގު ޖީއެސްޓީ ނުލާ 15ރ. އަށް
    ހެލްތީ ގްރީން: (އާދައިގެ ފުށް، އޮލިވް އޮއިލްއާއެކު) އަގު ޖީއެސްޓީ ނުލާ 20ރ. އަށް
    ހެލްތީ ބްރައުުން: (އާޓާ ފުށް، އޮލިވް އޮލްއާއެކު) އަގު ޖީއެސްޓީ ނުލާ 22ރ. އަށް

    އަގުތައް ހަދާފައިވާއިރު ރޮށި ވިއްކަނީ ޕެކެޓުގައެވެ. އެގޮތުން ކޮންމެ ޕެކެޓެއްގައިވެސް 10 ރޮށި އެކުލެވޭނެއެވެ. މި ފިހާރައަކީ މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ފިހާރައެކެވެ. އަދި އެތަނުގައި މަސައްކަތް ކުރާނީ ދިވެހިން ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.