Last Updated: June 12, 11:16
Friday, June 12, 2026
ކުޅިވަރު

ސިޓީއަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫން: ކްލޮޕް

އިނގިރޭސި ތާވަލުގެ އެއްވަނަ ނަގާފައިވާ މެންޗެސްޓާ ސިޓީއަކީ ބަލިނުކުރެވޭނެ ޓީމެއް ނޫން ކަމަށާއި އެމީހުން ބަލިކޮށްލެވޭނެ ޕޮއިންޓުތައް ރަނގަޅަށް އެނގޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ދެ ޓީމުގެ ކުރިމަތިލުމެއް މިރޭ ފެންނައިރު، ކްލޮޕް އަކީ ލީގުގައި މިސީޒަނުގައި ސިޓީ ބަލިކުރި ހަމައެކަނި މެނޭޖަރެވެ.

ކްލޮޕް ބުނެފައިވަނީ މިސީޒަނުގައި ޗެމްޕިއަންސް ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމަކީ ސިޓީ ކަމަށެވެ. ނަމަވެސް ސިޓީ އަކީ އޭނާއަށް ބީރައްޓެއްހި ޓީމެއް ނޫން ކަމަށާއި އޭނާގެ ކުޅުންތެރިންވެސް ތިބީ ސިޓީއަށް ވަރަށް ތައްޔާރަށް ކަމަށް ކްލޮޕް ބުނެފައިވެއެވެ.

ނަމަވެސް ލިވަޕޫލްގެ ޑިފެންޑަރު މަޓިޕަށް ވަނީ އަނިޔާވެ ސީޒަން ގެއްލިފައެވެ. އެހެންކަމުން ލިވަޕޫލްގެ ޑިފެންސް ލައިނަށް ބަލިކަށި ކަމެއް އަތުވެދާނެ ކަމަށް ގަބޫލުކުރެވެއެވެ.

މެޗުގެ ކުރިން ސިޓީގެ ކޯޗު، ގާޑިއޯލާ ބުނެފައިވަނީ ލިވަޕޫލް އެޓޭކުގައި ތިބީ ވަރަށް މޮޅު ކުޅުންތެރިން ކަމަށެވެ.